އިބްރާހިމް ޝަރީފު

ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)އަށް ހަމަލާދިނުމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތުގައި އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިތުރަށް ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނެނީ 24 އަހަރުގެ ދެ ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނެކެވެ.

ޝަރީފް ތުހުމަތު ކުރާ އޭނާއަށް ބަޔަކު ހަމަލާދިނީ ވޯޓު ގަންނަ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާއަށް ހަމަލާދިނީ އިދިކޮޅު ޕީޕީއެމްގެ ބައެއް ކަމަށްވެސް އޭނާ ތުހުމަތުކޮށްފައިވެ އެވެ.

ގުރޫޕަކުން ޝަރީފަށް ހަމަލާދިނީ މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް މާލޭގައި ހުންނަ މެންހަޓަން ހޮޓަލް ތެރެއިންނެވެ.

މިހަމަލާއާއި ގުޅިގެން ޝަރީފްގެ މޫނުމަތިން ތަންކޮޅެއް ކަނޑައިގެން ގޮސް ލޮލަށް ގެއްލުންވެ ލޭއަރާފައިވެ އެވެ. އަދި އޭނާގެ ނޭފަތްވެސް ފަޅާލާފައިވާ ކަމަށްވެ އެވެ.

ޝަރީފަށް ހަމަލާދިން ދުވަހު އައްޑޫގައި ވަނީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށްވެސް ހަމަލާދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345