ހަބަރު

ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެ ގެއްލުންވެއްޖެ

މާލޭ އުސްފަސްގަނޑު ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކާރުގައި ރޯވެގެން ރިޕޯޓުކޮށްފައި ވަނީ މިރޭ 8:30 ހާއިރު ކަމަށާއި ނަމަވެސް މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ކާރުގައި އަލިފާން ރޯވި އިރު އޭގެ ތެރޭގައި ދެ މީހުން ހުރި ކަމަށްވެ އެވެ. އަދި ރޯވާން ފެށުމުން އެ މީހުން ކާރުން ނިކުތް ނަމަވެސް ކާރުގެ ސީޓާއި ފަހަތް ވަނީ ވަރަށް ބޮޑަށް ރޯވެ އަނދައިފަ އެވެ.