ހަބަރު

މިރޭގެ މާރާމާރީތަކާ ގުޅިގެން ފުލުހުން ތަންތަން ބަލައި ފާސްކުރަން ފަށައިފި

Sep 30, 2017
9

މިރޭ ހިނގި މާރާމާރީތަކާ ގުޅިގެން ފުލުހުން މާލެ ތެރޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައި ބައެއް ތަންތަން ފާސްކުރަން ފަށައިފި އެވެ.

އެގޮތުން އެސްއޯ ފުލުހުންގެ ފައުޖެއް ވަނީ، ރާނބާ ރެސްޓޯރަންޓަށް ވަދެ އެތަން ބަލައި ފާސްކޮށްފަ އެވެ. އެކަމަކު އެތަނުން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި އެއަށް ފަހު މ. އެތުމާ ކިޔާ ގެއެއްގެ ދޮރު ވައްޓާލައިގެން ފުލުހުން ވަނީ އެގޭ ތެރެއަށް ވަދެފަ އެވެ. އަދިވެސް ފުލުހުން ތިބީ އެގޭ ތެރޭގަ އެވެ.