ހަބަރު

އޯލެވެލް އިމްތިހާނު މުޅި ރާއްޖޭގައި ފަށައިފި

Sep 30, 2017
3

މިއަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި 7125 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

ގިނަ އަދަދެއްގެ ސުކޫލު ދަރިވަރުން 10 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ތައްޔާރުވާ މި އިމްތިހާނުގައި 197 ސުކޫލު ސެންޓަރުން 5587 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އަމިއްލަ ގޮތުން 52 ސެންޓަރަކުން 1538 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި، ޝްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިޔުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރުގައި އެސްއެސްސީ އިމްތިހާނު ހަދާ 12 ދަރިވަރުންވެސް ހިމެނެއެވެ.

މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި އިމްތިހާނު ކުރިޔަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މި އިމްތިހާނު ފެށުމުގެ ގޮތުން މި އަދާއި މާދަމާ އޮންނާނީ އެސްއެސްސީ އިމްތިހާނުގެ ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމެވެ.
އޯލެވެލް އިމްތިހާނާއެކު މި އަހަރުގެ އޭލެވެލް/އެޗްއެސްސީ އިމްތިހާނު ވެސް ކުރިޔަށް ދާނެއެވެ. އޭލެވެލް/އެޗްއެސްސީ އިމްތިހާނު ފެށޭނީ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ.