ފްލައިމީ

އިތުރު މަންޒިލްތަކަށް ފްލައިމީ އަލުން ދަތުރު ފަށަނީ

ވިލާ އެއާގެ ފްލައިމީ އިން މި ވަގުތު ރާއްޖޭގެ ތިން މަންޒިލަކަށް ދަތުރު ކުރާއިރު، ވަރަށް އަވަހާ އިތުރު އެއާޕޯޓް ތަކަށް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފްލައިމީ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ވިލާ އެއާގައި އޭޓީއާރްގެ ތިން މަތިންދާ ބޯޓާއި ސެސްނާ ކެރެވަން ބޯޓާއެކު 191 ޕެސެންޖަރުންގެ ކެޕާސިޓީގެ ގާބިލުކަން ހިމެނޭ ކަމަށާއި މިދިއަ ހޮނިހިރު ދުވަހުގެ ނިޔަލަށް 1.5 މިލިއަން ފަސެންޖަރުން އުފުލާފައިވާ ކަމަށެވެ. -- އަލަށް ދަތުރު ފަށާ އެއާޕޯޓްތަކެއް ނުއެއް ބުނެ އެވެ.

ފްލައިމީން ވަނީ އެ ކުންފުނީގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން އިއްޔެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ފްލައިމީގެ ފްލައިޓް ތަކުން ދަތުރު ކުރި ފަރާތްތަކަށް ހަދިޔާ ދިނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ އެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އެކި އިނާމުތައް ދިނުމަށް ވެސް ހަމަޖައްސާފައި ވެއެވެ.

ފްލައިމީން ބުނީ ހަ އަހަރުވީ އިރު ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކާމިޔާބު ކަމާއެކު އެ ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށެވެ.

ވިލާގެ އެއާ ފްލައިޓްތަކުގެ ދަތުރުތައް ފަށާފައިވަނީ އޮކްޓޯބަރު 1، 2011 ގައި އެވެ.