ފްލައިމީ

ފްލައިމީގެ ދަތުރުތައް މާމިގިލިން ބެންގަލޫރަށް ފަށަނީ

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމުގައިވާ ފްލައިމީން އދ. މާމިގިނލިން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ފްލައިމީން ބުނީ މިމަހުގެ 29 އިން ފެށިގެން ބެންގަލޫރު ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ދެ ފްލައިޓް މާމިނގިލި އެއާޕޯޓާ ބެންގަލޫރާ ދޭތެރޭ ބާއްވާނެ ކަމަށެވެ.

ފްލައިމީން އިންޓަނޭޝަނަލް ދަތުރުތައް ފެށީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. އެއީ ވެލާނާ އިންޓަނޭޝަން އެއާޕޯޓުން ސްރީލަންކާގެ ކޮލަމްބޯ އަށެވެ. ނަމަވެސް އެއީ ޗާޓަރު ފްލައިޓްތަކެކެވެ.

އެހެން ކަމުން އިންޑިއާގެ ބެންގަލޫރަށް ކުރާ ދަތުރުތަކަކީ މާމިގިނގިލީ އެއާޕޯޓުން ކުރާ ފުރަތަަމަ އިންޓަނޭޝަނަލް ދަތުރުތަކަަށް ވާނެ އެވެ.

އޭޓީއާރް މަރުކާގެ ހިތްގައިމު ފްލައިޓް ތަކެއް ބޭނުން ކޮށްގެން ހިދުމަތްދޭ ވިލާ އެއާގެ އެތެރޭގެ އުދުހުންތައް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. މިހާރު އެ ކުންފުންޏަކީ ބޭރުން ފްލައިޓްތައް ގެނެސް މަރާމާތު ކުރުމުގެ ގާބިލްކަން ވެސް ލިބިފައިވާ ކުންފުންޏެކެވެ.