ހަބަރު

ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓު ދީފި

Oct 3, 2017

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއިން ކަރަންޓު ކެނޑުން ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯގެ މައި ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު 12:30 ހާއިރު ވަނީ މާލޭގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިފަ އެވެ.

އެގޮތުން ހެންވޭރު މާފަންނު އަދި މައްޗަންގޯޅީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. ނަމަވެސް ގާތްގަނޑަކަށް ބައި ގަޑި އިރު ފަހުން ސްޓެލްކޯއިން ވަނީ ހުރިހާ ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފަ އެވެ. ސްޓެލްކޯގެ އޮފިޝަލަކި ވިދާޅުވީ ދިމާވި މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ސަރަހައްދުތަކަށް ކަރަންޓު ދީފައިވާ ކަމަށެވެ.

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގެ ބޮޑު ބަޔަކުން ދެތިން ފަހަރެއްގެ މަތިން ވަނީ ކަރަންޓް ގޮސްފަ އެވެ. އެކަމާ ހުރެ ސްޓެލްކޯއާ މެދު އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން މަސައްކަތްތަކެއްކޮށް ދިރާސާތަކެއް ކުރުމަށް ވެސް ބަޔަކާ ހަވާލުކޮށްފަ އެވެ.