ހަބަރު

ދޯންޏެއް އަޑިއަށް ގޮސް ތިން މީހަކު ގެއްލިއްޖެ

Oct 6, 2017
2

ތިން މީހުންނާ އެކު ދަތުރުކުރި ދޯންޏެއް އަޑިއަށް ގޮސް އޭގެ ދަތުރު ކުރި ތިން މީހުން ގެއްލިފައިވާތީ ކޯސްޓް ކާޑުން އެ މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ރޭ ފަތިހު 5:30 ގައި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑަށް ރިޕޯޓްކޮށްފައި ވަނީ މާލެއިން މުދާބަރުކޮށްގެން އއ އަތޮޅަށް ދަތުރު ކުރަމުން ދިޔަ "އުންމީދު" ނަމަކަށް ކިޔާ ދޯންޏެކެވެ. މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ދޯނި އަޑިއަށް ދާ ކަމަށް ކޯސްޓް ގާޑަށް ރިޕޯޓް ކުރި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެ އަތޮޅު ބޮލިފުށީގެ ހުޅަނގުން ހަތް މޭލު ބޭރުން އެވެ.

އެ ސަރަހައްދު އެމްއެންޑީއެފް ކޯސްޓް ގާޑުން މިހާރު ބަލަމުން ދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ ދޯނީގެ ނިޝާނެއް ވެސް އަދި ދޯނިން ދަތުރުކުރި ތިން މީހުންގެ ހިލަމެއް ވެސް ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ދިގުމިނުގައި 60 ފޫޓް ހުރި އެ ދޯނީގައި ތިބީ، ދެ ބިދޭސީންނާއި އެއް ދިވެއްސެކެވެ.

އެ ސަރަހައްދުގެ ވައިގެ މަގުން ބެލުމުގެ މަސައްކަތް ވެސް ކުރާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.