ހަބަރު

މިސްރުގެ "އާމްޑް ފޯސަސް ޑޭ" ގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުވައިފި

Oct 7, 2017

މިސްރުގެ "އާމްޑް ފޯސަސް ޑޭ" ގެ މުނާސަބަތުގައި އެގައުމުގެ ރައީސް އަބްދުލްފައްތާހް އަލްސީސީއަށާއި އެގައުމުގެ ބޮޑުވަޒީރު ޝަރީފު އިސްމާއީލަށް ރައީސް އަބްދުﷲ ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިސްރުގެ ރައީސް އަށް ފޮނުއްވި މެސެޖްގައި، ރާއްޖޭގެ ސަރުކާރައި ރައްޔިތުންނާއި ރައީސްގެ ނަމުގައި އެގައުމުގެ ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންކުރައްވާ ކަމުގައި ވިދާޅުވި އެވެ.

އާމްޑް ފޯސަސް ޑޭ އަކީ އިޒްރޭލު ސިފައިންގެ އަތް ދަށުން މިސްރުގެ ސީނާ ސަރަހައްދު ސަލާމަތް ކުރެވުމާ ގުޅިގެން މިސްރުގައި ފާހަގަކުރާ ދުވަހެކެވެ.