ހަބަރު

ހުޅުމާލޭގައި ކާރެއް ގަހެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ

Oct 8, 2017

ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގަހެއްގައި ޖެހި އެކްސިޑެންޓުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގިކަން ރިޕޯޓުކޮށްފައި ވަނީ 11:30 ގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް ކާރު ޑްރައިވަރަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ކާރަށް ވެސް ބޮޑެތި ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާގައި އައްޑޫ ސިޓީގައި ވެސް ވަނީ ނުރައްކާތެރި ސައިކަލު އެކްސިޑެންޓެއް ހިނގާފަ އެވެ. ފަހަކަށް އައިސް މިފަދަ އެކްސިޑެންޓުތައް ގިނަވާތީ ފުލުހުން އަންނަނީ ހާއްސަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ހިންގަމުންނެވެ.