ހަބަރު

މަސްތުވާތަކެއްޗާއެކު މާފުށިން އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި ޕެކެޓްތަކާއެކު އަންހެނަކު ހައްޔަރުކޮށްފި އެވެ.

ސަރުކާރުގެ މައި ޖަލު ހުންނަ އަދި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ތަރައްގީ ކޮށްފައިވާ މާފުށިން ހައްޔަރު ކުރި އެ އަންހެން މީހާއާ ބެހޭ ގޮތުން ފުލުހުން ބުނީ، އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުއްގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ އަންހެން މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތް ދަބަސް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.