ލައިފްސްޓައިލް

ގޭގައި ބަލި ގިނަ ވަންޏާ ގަސް ހައްދާ!

Oct 27, 2017

ވައިރަލް ރޯގާ ގޭތެރޭގައި ފެތުރެނީ އެވެ. އަބަދުވެސް ގޭގައި ކޮންމެވެސް އެކަކަށް ރޯގާ ޖެހިފަ އެވެ. ނުވަތަ ހުން އައިސްފަ އެވެ. އެކަމަށް ގަސް ހައްދައިގެން ހައްލެއް ގެނވިދާނެ ނާސާގެ ސައިންސްވެރިން މިވަނީ ބުނެފަ އެވެ. މާލޭގައި ތިއުޅޭ ކުޑަ އެޕާޓްމަންޓުގައިވެސް ހެއްދިދާނެ ގަސް ތަކެކެވެ. އެ ގަސްތަކުން ބަލިތައް ދުރުކޮށްލާނެ ކަމަށެވެ. ހާއްސަކޮށް އިންސޮމޭނިއާ ބައްޔެވެ.

ގޭގައި ގަސް ހައްދާފައި ހުރުމަކީ މީހާގެ ސްޓްރެސް ފިލުވަން ފަސޭހަވާނެ ކަމަށް ނާސާގެ ސައިންސްވެރިން ބުނެ އެވެ. އެ މީހުން ބުނަނީ ގަސްތަކުގެ ސަބަބުން ވައި ސާފުކޮށް އެންޒައިޓީ އާ މީހުން ދުރުކޮށްދޭނެ ކަމަށެވެ.

އެތަކެއް ދިރާސާތަކަކަށްފަހު ސައިންސްވެރިންވަނީ ގޭގައި ހައްދަން އެންމެ އެކަށީގެންވާ ބައެއް ގަސްތައް ބުނެދީފަ އެވެ. އެއިން އެއް ގަހަކީ އެރިކާ ޕާމް ކިޔާ ގަހެކެވެ. އެ ގަސް ގޭގައި ހެއްދުމުން އަރިދަފުސް ރޯގާ އަދި ހާއްސަކޮށް ސައިނަސް ހުންނަ މީހުންނަށް ފަރުވާއަކަށް ވާނެ ކަމަށެވެ. އެއީ ވައި ސާފުކޮށް ނޭވާލާން މީހާއަށް ފަސޭހަކޮށްދޭނެ ގަހެއް ކަމަށްވެ އެވެ.

އަދި ހަމަ އެގޮތަށް އަލޯވެރާ އާ އިންގްލިޝް އިވީ އަކީވެސް ވައި ސާފުކޮށްދޭ ގަސްތަކެކެވެ. އަދި އެ ގަހުގައި ހުންނަ ބައެއް ކަހަލަ ކެމިކަލްތައް ވައިގެ ތެރެއަށް ދޫކުރުމުގެ ސަބަބުން އެލާޖީއަށް ރަނގަޅުވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. ސްޕައިޑާ ޕްލާންޓަކީވެސް އެލާޖީ ހުންނަ މީހުން ގޭގައި ހައްދަން ރަނގަޅު ގަހެކެވެ.

ބޯސްޓޮން ފާން އަކީވެސް ނާސާގެ ސައިންސްވެރިން ގޭގައި ހައްދަން ރަނގަޅު ގަސްތަކުގެ ލިސްޓުގައި ހިމަނާފައިވާ ގަހެކެވެ. އެ ލިސްޓުގައި ޗައިނީސް އެވަގްރީން އާއި ޕީސް ލިލީވެސް ވަނީ ހިމަނާފަ އެވެ.