ހަބަރު

މާލެ އަތޮޅު ފަރަކަށް ދޯންޏެއް އުރި، އަޑިއަށް ހިނގައްޖެ

މާލެ އަތޮޅު ކޮއްދިއްޕަރު ކައިރީގައި އޮންނަ ފަރަކަށް މުދާ އުފުލާ ދޯންޏެއް އުރި ގާތްގަނޑަކަށް އަޑިއަށް ހިނގައްޖެއެވެ.

މޯލްޑިވްސް ނެޝަަލް ޑިފެންސް ފޯސް އެމްްއެންޑީއެފުން ބުނީ ފަރަށް އެރި ދޯނީގައި ތިބީ ހަތަރު ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ. އެމްއެންޑީއެފް މީޑިއާ އޮފިސަރު ކެޕްޓަން އިބުރާހީމް އާޒިމް ވިދާޅުވީ ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

އެ ދޯނި އުރިފައި އޮތް ސަރަހައްދުގައި ކޯސްޓްގާޑުގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދުގެ ބައެއް ވަގުތުތަކުގައި މާލެއަތޮޅުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް ވައިބާރުވެ، ކަނޑުގަދައެއް ނުވެއެވެ. ދަތުރުފަތުރު ކުރުމުގައި ޒަމާނީ ވަސީލަތްްތައް ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރުވެފައި ވިޔަސް ފަރަށް އެރުން ފަދަ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.