ވިޔަފާރި

ލިވިން އެކްސްޕޯ އަންނަ ފެބްރުއަރީ މަހު

Dec 4, 2017

"މޯލްޑިވްސް ލިވިން އެކްސްޕޯ 2018" އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމައިފި އެވެ.

މި ފެއާ އިންތިޒާމު ކުރާ ހައިރައިޒް އިން ބުނި ގޮތުގައި ފެބްރުއަރީ މަހުގެ 15 އިން 17 އަށް ބާއްވާ މި އެކްސްޕޯގައި ގެދޮރާބެހޭ ގިނަ މައުލޫމާތު ތަކެއް ދޭނެ ކަމަށެވެ. މިއީ މި އެކްސްޕޯ ބާއްވާ ހަވަނަ ފަހަރެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯގެ މި އަހަރުގެ ފެއާ ބާއްވާފައިވަނީ ފެބްރުއަރީ މަހު އެވެ. މި ފެއާގައި 28 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ.

ހައިރައިޒުން ބާއްވާ މިފެއާ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ވަނަ އަހަރު އެވެ. މި ފެއާގައި ލިވިންގް އަދި ލައިފްސްޓައިލް އެކި ޕްރޮޑަކްޓްތައް ބަހައްޓާފައިވެ އެވެ. މި އެކްސްޕޯގައި ރިއަލް އެސްޓޭޓް އިންޑަސްޓްރީ ވެސް ބައިވެރިވެފައިވެ އެވެ.