ވިޔަފާރި

"ރެޖިލޭ" ކިރު، ސަރުބީގެ ބިރެއް ނެތް!

ކިރު ސައިބޯއިރު އުފެދޭ ބިރަކީ ސަރުބީ އެވެ. ނުވަތަ ކިރުގައި ފެޓް ގިނަވުމެވެ. ނަމަވެސް އެ ބިރު މިވަނީ ދޫކޮށްލަން ޖެހިފަ އެވެ. ދިވެހި ކުންފުންޏެއް ކަމަށްވާ ކޮސްމާކް މޯލްޑިވްސް އިން މިވަނީ ފެޓް ފްރީ ހިކި ކިރުގެ ބްރޭންޑެއް ކަމަށްވާ "ރެޖިލޭ" ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.

"ޔުއާ ހެލްތީ ޕާޓްނާ" ގެ ނަމުގައި ކޮސްމާކް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފްރާންސުގެ އެއް ނަމްބަރު ހިކި ކިރުގެ މަރުކާގެ މި ސަރަހައްދަށް ފޯރުކޮށްދޭ ސިންގަޕޫރުގެ އަންގްކާ ކުންފުނީގެ އެން.އެސް ކްރިކްޝްނަން ވިދާޅުވީ މި އުފެއްދުމަކީ 60 ގައުމަކަށް ފޯރުކޮށްދެމުގެންދާ ކިރެއް ކަމަށެވެ. އަދި މި އުފެއްދުން ރާއްޖޭގައި މަގުބޫލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު އިތުބާރެއް އެބައޮތް ދިވެހިންނަށް މި ކަމުދާނެ ކަމަށް،" އަވަސް އަށް ވާހަކަ ދައްކަވަމުން، ކްރިކްޝްނަން ވިދާޅުވި އެވެ.

ފްރާންސު ބަހުން ނަން ދީފައިވާ "ރެޖިލޭ" ގެ މާނައަކީ ޑައިޓް މިލްކް އެވެ. މިއީ ޑައެޓް ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ކިރެކެވެ. މި ކިރުގެ ބާވަތްކުގެ ތެރޭގައި އަށް ބާވަތެއްގެ ވިޓަމިން ހިމެނޭ ނަމަވެސް ފެޓް ނުހިމެނޭ "ރެޖިލޭ ވިޓަމިން" ހިމެނެ އެވެ. އަދި ފެޓް ނުހިމެނޭ ނަމަވެސް ކެލްސިއަމް އާއި ވިޓަމިން އެކުލެވޭ "ރެޖިލޭޓް ކެލްސިއަމް ޕްލަސް" ގެ އިތުރުން ކެލްސިއަމްއިން މުއްސަނދިވެފައިވާ "ރެޖިލޭ" ޒީރޯ ފެޓް ކިރު ވެސް ހިމެނެ އެވެ.

ރެޖިލޭ ކިރު ހާއްސަވާ އެއް ބަޔަކީ ކަސްރަތު ކުރުން ފަދަ ހަރަކާތެރިކޮށް އުޅޭ މީހުންނަށެވެ. ކަސްރަތު ކުރުމުގެ ކުރިން ރެޖިލޭ ކިރު ތައްޓެއް ބޯލުމުން ބުންވަރު އިތުރުކޮށްދެ އެވެ. މިގޮތުން މި ކިރުގެ ދެ ތަށި ބޮއިލުމުން އެ ދުވަހަކަށް މީހަކަށް ބޭނުންވާ ހުރިހާ ވިޓަމިންއެއް ލިބޭނެ އެވެ. މި ކިރުގައި ހިމެނޭ ވިޓަމިންގެ ބާވަތްކުގެ ތެރޭގައި ވިޓަމިން ބީ-1 އާއި ބީ-2 އަދި ބީ-6 ހިމެނެ އެވެ. މީގެ އިތުރުން ވިޓަމިން ބީ-12 އާއި ވިޓަމިން ސީ އަދި ޑީވެސް ހިމެނެ އެވެ.

ރެގިލޭގެ ބައެއް ފައިދާ:

- އަށް ބާވަތެއްގެ ވިޓަމިން
- ފެޓް ނުހިމެނޭ
- އަނގަޔަން މީރު
- ހުރިހާ އުމުރަކަށް ހާއްސަ
- ކަޝްރަތު ކުރާ މީހުންނަށް ބުންވަރު

ރެޖިލޭގެ ވިޓަމިންގެ މުއްސަނދިކަން

- ވިޓަމިން ބީ- 1
- ވިޓަމިން ބީ- 2
- ވިޓަމިން ބީ-6
- ވިޓަމިން ބީ- 12
- ވިޓަމިން ބީ- 9
- ވިޓަމިން އޭ
- ވިޓަމިން ސީ
- ވިޓަމިން ބީ

މި ރަސްމިއްޔާތުގައި މި ހިކިކިރުގެ ރާއްޖޭގެ އެޖެންޓް ކޮސްމާކް މޯލްޑިވްސްގެ ޑިރެކްޓަރު ސޭލްސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން ސުދާތް ވިދާޅުވީ ރެގިލޭޓް ރާއްޖެ އަށް ތައާރަފު ކުރީ ދިވެހިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޝައުގުވެރިކަން އޮންނަ ބައެއްގެ ގޮތުގައި ފެންނާތީ ކަމަށެވެ.

"އަޅުގަނޑުމެން މި މާކެޓުގައި ހަރަކާތްތެރިވާތާ އަށް އަހަރު ވެއްޖެ. މި ދުވަސްތަކުގައި އެނގުނީ ދިވެހިން ދުޅަހެޔޮ ސިއްހަތަކަށް އިސްކަން ދޭވަރު. އެހެންވެ މި ހިކި ކިރު ދިވެހިންނަށް ގެނެސްދޭން ނިންމީ،" ރާއްޖޭގެ ބާޒާރަށް ހައިއެންޑް ގިނަ ޕްރޮޑަކްޓްތަކެއް ގެނެސް ވިއްކާ ކުންފުނިން ވާހަކަ ދެއްކެވި ސުދާތު ވިދާޅުވި އެވެ.

ކޮސްމާކް މޯލްޑިވްސްއިން މި ހިކިކިރުގެ ތަފާތު ރަހަތައް ތައާރަފުކޮށްފައިވެ އެވެ. އެކި ސައިޒުގެ ކިރު ދަޅާއި ޕެކެޓު ވެސް ވިއްކަ އެވެ. މި ހިކި ކިރު ކައިރި މުސްތަގުބަލެއްގައި ސުޕަމާޓެއް ތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި ބޭސް ފިހާރަތަކުން ވެސް ލިބޭނެ އެވެ.