ވިޔަފާރި

ލިޓަސް އިން ބުނަނީ "ވަރަށް ލޯބިވޭ"

Jan 3, 2018
1

ލޯބިވާ ވާހަކަ މި ފަހަރު ދައްކަނީ ޒުވާން ރީތި އަންހެން ކުއްޖެއް އަދި ފިރިހެން ކުއްޖެއްވެސް ނޫނެވެ. ލޯބިވާ ވާހަކަ މިފަހަރު ދައްކަނީ ލިޓަސް މީހުންނެވެ. އާ އަހަރުގެ ފެށުން އުފާވެރިކޮށްލަން ލިޓަސް އިން ފެށި ސަޅި ޕްރޮމޯޝަނެކެވެ. ލޯތްބާއެކު ލިޓަސް އިން މިފަހަރު ފެށީ "ވަރަށް ލޯބިވޭ" ޕްރޮމޯޝަނެކެވެ.

ލޯބި ފެތުުރުމުގެ މަގުސަދުގައި ލިޓަސް އިން ފެށި މި ޕްރޮމޯޝަންގައި ލިޓަސް ހޯމް ސެންޓަރުން އިން ވިއްކާ ކޮންމެ ޕްރޮޑަކްޓަކުން 15 ޕަސަންޓުގެ ޑިސްކައުންޓުދޭން ވަނީ ނިންމާފަ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަން ފަށާފައިވަނީ މި އަހަރުގެ ފުރަތަމަ ދުވަހު އެވެ.

މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންނަށް ގެއަށް ބޭނުންވާ ކޮލިޓީ ސާމާނު ހެޔޮ އަގުގަ ލިބޭނެ އެވެ.

ލިޓަސް އިން ބުނީ އެ ޕްރޮމޯޝަންގެ މަގުސަދަކީ އާންމު ރައްޔިތުންނަށް އާއިލާ އާއި އަނބިމީހާ ނުވަތަ ފިރިމީހާ ކޮށްދޭ ކަންތައްތައް ބަލައިގަތުމަށް އާ ފުރުސަތެއް ހުޅުވާލައި ދޭދޭ މީހުންގެ މެދުގައި ލޯތްބާއި އަޅާލުން އިތުރު ކުރުން ކަމަށެވެ. އަދި ގޭތެރެ އަށް ބޭނުންވާ އެންމެ ރަނގަޅު ސާމާނު ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށް ދިނުން ކަމަށެވެ. މީގެއިތުރުން ވެސް ލިޓަސް އިން ބޭނުންވަނީ މި ކުޑަ ގައުމަކީ އެކަކު އަނެކަކު ދެކެ ލޯބިވާ ރަހުމްކުރާ ބަޔަކު އުޅޭ ގައުމަކަށް ހެދުމެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި ލިޓަސް ހޯމްސެންޓަރުން ކުރާ ކޮންމެ ވިޔަފާރިއަކާ އެކު ރަތް ފިނިފެންމަލެއް ދޭނެ އެވެ. އަދި އެޕްރިސިއޭޝަން ކާޑެއް ވެސް ލިބޭނެ އެވެ. އެ ކާޑު ބޭނުން ކޮންމެ ފަރާތަކަށް ވެސް ހަދިޔާކުރެވޭނެ އެވެ.

މީގެކުރިންވެސް ލިޓަސް އިން ވަނީ ތަފާތު އެކިކަހަަލަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. ލިޓަސް ހޯމް ސެންޓަރާ އެކު މުޅި ރާއްޖޭގައި ލިޓަސްގެ 12 ފިހާރައެއް މިހާރު ހުރެ އެވެ.