ވިޔަފާރި

އެމްޕީއެލް ބޯޑުން ހަތަރު ބޭފުޅަކު ވަކިކޮށް، އާ ތިން ބޭފުޅަކު އައްޔަން ކޮށްފި

Jan 9, 2018

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑުގައި މިހާރު ތިއްބެވި، ތިން ބޭފުޅަކު ވަކިކޮށް، އަލަށް، ތިން ބޭފުޅަކު މިއަދު އައްޔަން ކޮށްފި އެވެ.

އެމްޕީއެލް ބޯޑުން ވަކިކުރީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް އަބްދުއް ނާސިރު އާއި އަހުމަދު ޝަރީފުގެ އިތުރުން އަލީ ހަފީޒާއި އަލީ އާދަމް އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑަކުން ބުނި ގޮތުގައި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަަށް އަލަށް އައްޔަން ކޮށްފައިވަނީ ހއ. ކެލާ، ވާރޭވިލާ، ފާތިމަތު ނިޒާމާއި ގ. އަންބަރީގޭ، މަރިޔަމް ޝާނީޒް ޝާކިރުގެ އިތުރުން ގދ. ތިނަދޫ، ސަތަހަ އަހުމަދު އަސްބްބާ އެވެ.