ވިޔަފާރި

ރެޑްވޭކް ކިޗަން: އާންމު ދިރިއުޅުން ލުއި ކޮށްދޭނެ

Jan 15, 2018
އަވަސް ވީޑިއޯ | އަހުމަދު ޝުރާއު

"ރެޑްވޭވް" ގެ ވިޔަފާރި އިތުރަށް ފުޅާކޮށް އާންމުންނާއި ގެއާ ވަރަށް ގާތް ވެލައިފި އެވެ. ރެޑްވޭވްގެ ގިނަ ފިހާރަތައް ހުޅުވަމުންދާއިރު މިހާރު ފެންނަނީ އާއްމު މުދާ ފަސޭހަ ކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެމުން އަންނަ ތަނެވެ. އެންމެ ފަހުން، ރެޑްވޭވުން ހުޅުވާފައިވަނީ ބަދިގެ އާއި އާއްމު މުދަލަށް ހާއްސަ ފިހާރަ އެކެވެ. މި ފިހާރަ އިން ދިރިއުޅުމަށް ފަސޭހަކަން ގެނެސްދެ އެވެ.

އިސްކަންދަރު ސްކޫލް ފުރަގަސް، ސީރާޒީ މަގުގައި ހުޅުވާފައިވާ މި ފިހާރާގައި ބަދިގޭގެ ގިނަ ސާމާނު ވިއްކަ އެވެ. މީގެތެރޭގައި ހާއްސަ ބްރޭންޑްތައް ވެސް ހިމެނެ އެވެ. ލަންޒާ ރޭންޖުގެ ސާމާނުގެ ތެރޭގައި ތަވާ އާއި އެއާކޯން އަދި އައިސް އަލަމާރި ފަދަ ގިނަ ސާމާނު ހިމެނެ އެވެ.

ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނުވަ ވަނަ ފިހާރައެއް ހުޅުވުމުގެ މަގުސަދަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަކެތި ލިބޭނެ މަގު ފަހިކޮށް ދިނުމެވެ.

"މި ފިހާރައަކީ އެއް ގޮތުން ބުނެވިދާނެ ޑިސްޕްލޭ ކުރާ ތަނެނޭ ވެސް. މިތަނަށް ކަސްޓަމަރު ވަދެ ފަސޭހަ ކަމާއެކު ބޭނުން އެއްޗެއް ނަގާ ލެވޭނެ. އެކި ޕްރޮޑަކްޓްތައް ފަސޭހަކަމާއެކު ބަލައި ލެވޭނެ. އެއީ މި ފިހާރައިގެ ބޭނުމަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އާއްމު މުދާ ވިއްކާ ރެޑްވޭވުން ހުޅުމާލޭގައި "ރެޑްވޭވް ސިޓީ މޯލް" ގެ ނަމުގައި 10،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ސުޕަމާޓެއް ހިންގަމުންދެ އެވެ. އަދި ދާދި ފަހުން އެ ކުންފުނިން ވަނީ އިލެކްޓޯނިކް ސާމާނު ވިއްކާ ފިހާރަ އަކާއި އިތުރު ފިހާރައެއް ވެސް ހުޅުވާފަ އެވެ. މީގެ އިތުރުން ރެޑްވޭވުން ދަނީ ވަރަށް އަވަހަށް އިތުރު ފިހާރައެއް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ.