ވިޔަފާރި

އެއްގަމު އުޅަނދުގެ ފީ އިން މިދިޔަ އަހަރު ބޮޑު އާމްދަނީއެއް

Jan 16, 2018
2
  • މިދިޔަ އަހަރު 83 މިލިއަން ރުފިޔާ ލިބުނު
  • ކުރީ އަހަރާ އަޅާ ބަލާއިރު 10 ޕަސެންޓް އިތުރު
  • އެއްގަމު އުޅަނދުގެ އަދަދު ދަނީ ހަލުވިކަމާއެކު ގިނަވަމުން

ވެހިކަލް ފީގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ވެހިކަލް ފީގެ ގޮތުގައި 83 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބިފައިވަނީ 75 މިލިއަން ރުފިޔާ އެވެ. މި އަދަދަކީ 10 ޕަސެންޓުގެ އިތުރުވުމެކެވެ.

އެއްގަމު އުޅަނދުގެ ފީގެ އިތުރުން ކަނޑުގައި ދުއްވާ އުޅަނދުތަކުން ފީ ނަގައިގެން ވެސް މިދިޔަ އަހަރު ދައުލަތަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މިދިޔަ އަހަރު އެއްގަމު އުޅަނދުގެ ފީގެ ގޮތުގައި 28 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 20 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތައް ހަލުވިކަމާއެކު ދަނީ އިތުރުވަމުންނެވެ. މިގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހަދަމުންދާއިރު، ގިނަ އަދަދަކަށް ވަނީ ވެހިކަލް އިތުރުވަމަމުންނެވެ. އަދި ހުޅުލެ-މާލެ ބްރިޖަކުން ގުޅައިލުމާއެކު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލިފަ އެވެ.