r
ފަހި ދިރިއުޅުން ކޯޕަރޭޝަން

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އާ ލޯގޯ އިފްތިތާހުކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފުލާގައި އެ ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

މި ހަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އިން ކުރަމުންދާ މަސައްކަތްތަކާއި އެކި މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެ އެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާކޮށްފައިވެ އެވެ.

މި ހަފުލާގައި ނައިބު ރައީސް ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސިލުކުރި މުވައްޒަފުންނާއި "އައުޓްސްޓޭންޑިން ކޮންޓްރިބިއުޓާ އެވޯޑު" ހާސިލުކުރި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވާފަ އެވެ. މީގެ އިތުރުން "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު" ހާސިލުކުރި މުވައްޒަފަށް އެވޯޑު ހަވާލުކޮށްދެއްވާފަ އެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރައީސްގެ ގަރާރަކުން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ މާޗް 12، 2019 ގަ އެވެ. 100 އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.