ސިއްހަތު

އަލަނާސި: މީރުކަމާއި މޮޅުކަން

May 8, 2015

އަލަނާސި އަކީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާތަކުގެ ތެރޭގައި ހިމެނޭ އެއް މޭވާ އެވެ. މީރު މޭވާއެއްގެ އިތުރުން މިއީ ހަށިގަނޑަށް ވަރަށް ފައިދާ ވެސް ހުރި މޭވާ އެކެވެ.

އެގޮތުން އަލަނާސީގެ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.

އަލަނާސިއަކީ ކެލޮރީސް މަދުން ހުންނަ މޭވާ އެއްގެ އިތުރުން ފެން ގިނަ އަދަދަކަށް ހިމެނޭ މޭވާ އެކެވެ. އެހެންކަމުން، އަލަނާސި ކެއުމުން ހަށިގަނޑަށް ގިނަ ސަރުބީ ލިބުމެއްނެތި، ހައިހޫނުކަން ފިލުވާދެ އެވެ.ބަރުދަން ލުއިކުރަން ބޭނުންވާ މީހުން ކާންވީ މޭވާ އަކީ މިއީތާ އެވެ.