1 ފެބުރުއަރީގެ އަމުރު

ދިވެހި ސަރުކާރާއި ސިފައިންނަށް އެމެރިކާއިން ވަރުގަދަ އިންޒާރެއް ދީފި

އެމެރިކާ އޮތީ ދިވެހި ރައްޔިތުންނާ އެކުގައި ކަަމަށާއި ދިވެހި ސަރުކާރާއި ސަލާމަތީ ބާރުތަކުން ގާނޫނީ ހުކޫމަތަށް އިހުތިރާމް ކުރަން އަންގައި، އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ހަރުކަށި ޓްވީޓެއް ކޮށްފި އެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލަކީ އެމެރިކާގެ ރައީސްއަށް ސަލާމަތީ ކަންކަމުގައި ލަފާދޭ ކައުންސިލެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ދާދި ދެންމެ ބުނީ ރާއްޖޭގެ ހާލަތު ދުނިޔެއިން އަންނީ ބަލަމުން ކަމަށެވެ.

"... އެމެރިކާ އޮތީ ދިވެހި ރައްޔިތުންނާއެކުގައި. ގާނޫނީ ހުކޫމަތާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރެޓިކް މުއައްސަސާތަކަށް ދިވެހި ސަރުކާރާއި އަސްކަރިއްޔާއިން އިހުތިރާމް ކުރަން ޖެހޭނެ. ދުނިޔެއިން އަަންނަނީ ބަލަމުން،" އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ކުރި ޓްވީޓުގައި ވެއެވެ.

އެމެރިކާއިން މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށް ޝަރުއީ ނިޒާމުގެ ބާރު ކަނޑުވައިލުމުންނެވެ.