ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ ސޯލިހު ބަންދުން ދޫކޮށްލައިފިި

ހައްޔަރުކޮށްފައި ހުންނެވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބަންދުން މިނިވަންކޮށް ދޫކޮށްލައިފި އެވެ. އޭނާ މިނިވަން ކުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ސެކެޓަރީ ޖެނަރަލް އަނަސް އަބްދުއް ސައްތާރު މިއަދު "އަވަސް" އަށް ވިދާޅުވީ މިއަދު މެންދުރު އިބޫ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފު ނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު ތަފްސީލެއް ވެސް އަދި އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ އޭނާ މިނިވަން ކުރީ ޝަރުތަކެއް ކުރިމަތި ކުރުވުމަށްފަހުގައި ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

އިބޫ ހައްޔަރުކޮށްފައި ވަނީ މި މަހު 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި "ހުއްޓުވުން" މުޒާހަރާގެ ތެރޭގައި ގްރީން ޒޯން، ޖުމްހޫރީ މައިދާނުގެ ސަރަހައްދަށް ވަނުމުންނެވެ. އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އޭގެ ފަހުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނާ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ،