ހަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

May 11, 2015

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އެ ޓްރައިބިއުނަލަށް މިއަދު އައްޔަންކޮށްފައިވަނީ ހ. ވީސަންގޭ އައިޝަތް ފެޒްލީނާއި ގދ. ތިނަދޫ ޒެނިތް، ހުސެއިން ފާއިޒެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން މަގާމުގެ ފަތްކޮޅާ ހަވާލުވުމުގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ ކުރިފުޅުމަތީގައި ހުވާ ކުރައްވައިފަ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ޖެހޭ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާ ތަނެވެ. އެތަނަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާ އެކެވެ.