ހަބަރު

ޔޫއޭއީ މީހުން ރާއްޖޭގައި އުޅުމުގައި ސަމާލުވާން އަންގައިފި

Feb 14, 2018

ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެފައިވާތީ ރާއްޖެގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) މީހުން އުޅުމުގައި ސަމާލުވާން އެ ގައުމުން އަންގައިފި އެވެ.

ޔޫއޭއީގެ ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ (އެމްއޯއެފްއޭއައިސީ)ގެ ރަސްމީ ޓުވިޓާ އިން އަރަބި ބަހުން ކޮށްފައިވާ ޓުވިޓާއެއްގައި ބުނެފައިވަނީ ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވެ އުޅުމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ގިނަ ގައުމުތަކުން ވަނީ ޓްރެވަލް އެލާޓްތައް ނެރެފަ އެވެ. މިހާތަނަށް ޓްރެވަލް އެލާޓްތައް ނެރެފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އިންޑިޔާ އަދި އެމެރިކާ އާއި އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެ އެވެ. މީގެ އިތުރުން ޗައިނާއިން ވަނީ އެ ގައުމުގެ ރައްޔިތުން މިވަގުތު ރާއްޖެ އަށް ނާންނަން އަންގާފަ އެވެ.

ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލިވުމުން ރާއްޖޭގެ އިގްތިސާދަށް ދަނީ އެކަމުގެ ނުބައި އަސަރު ކުރަމުންނެވެ. މިގޮތުން ރާއްޖެ އަންނަން ތިބި ގިނަ އަދަދެއްގެ މީހުންގެ ދަތުރުތައް ވަނީ ކެންސަލްކުރަމުންނެވެ.

ރާއްޖޭގައި އުޅޭއިރު ސަމާލުވުމަށް އެންމެ ފަހުން އެކަނި ޔޫއޭއީން މިދިޔަ އަހަރު 10,485 މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.