ހަބަރު

ނަޝީދާއި ޑިފެންސް މިނިސްޓަރު ރާއްޖޭގެ ވާހަކަ ނުދައްކަވާ: މީޑިއާ

ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތަރާމްއަށް އަށް މައުލޫމާދު ދެއްވާފައި ނުވާ ކަމަށް އިންޑިއާ ޑިފެންސް މިނިސްޓްރީގެ މަސްދަރުތަކާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން މިއަދު ބުނީ ޑިފެންސް މިނިސްޓްރީގެ މަސްދަރުތަކުން އެނޫހަށް އެކަން އޮޅުންފިލުވައި ދިނީ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދެއްވި ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ޓްވީޓެއް ކުރެއްވި ފަހުން ކަަމަށެވެ. އަދި ބުނީ ނަޝީދު އެއިޝާރާތްކުރައްވާ ބައްދަލުވުމަކީ ޗެންނާއިގެ މަޝްހޫރު މީޑިއާ ހައުސް އަކުން އިންތިޒާމްކޮށްގެން ބެންގަލޫރުގައި ބޭއްވި ހަފުލާއެއްގެ ހަވާސާއިން ލިބިވަޑައިގެންނެވި ފުރުސަތެއްގައި ބައްދަލުކޮށްލެއްވި ބައްދަލުކޮށްލެއްވުމެއް ކަމަށް ނިއުދިއްލީގައި ތިބި ޑިފެންސް މިނިސްޓްރީގެ މަސްދަރުތަކުން އެނޫހަށް ބުނި ކަމަށެވެ. އަދި އެއީ ކުރިން ތާވަލުކޮށްފައިވާ ރަސްމީ ބައްދަލުވުމެއް ނޫން ކަަމަށާއި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ނުކުރައްވާ ކަމަށް ވެސް އެ މަސްދަރުތަކުން ބުނި ކަމަށެވެ.

"ހަފުލާއަ މުހާތަބުކުރެއްވުމަށް ފަހު ޑިފެންސް މިނިސްޓަރު، އެޑިޓަރުން އަދި މީޑިއާ ހައުސްގެ އިސް އެހެން ބޭފުޅުން ތިއްބެވީ ޖެހިގެން ހުރި ކޮޓަރީގައި ސައިފޮދެއް ހިއްޕަވަން ކުރީގެ ރައީސް ނަޝީދު އެޕްރޯޗްކުރެއްވި އިރު. އެމަނިކުފާނަކީ ވެސް ހަފުލާއަށް ދައުވަތު އެރުވުމުން ވަޑައިގެންނެވި ބޭފުޅެއް. ސަލާންގަލާ ކުރައްވައި ހާލު އަހުވާލު އައްސަވާ ހެއްދެވީ ( ކާޓެސީ އެކްސްޗޭންޖް ކުރެއްވީ) ހަމައެކަނި. ޑިފެންސް މިނިސްޓަރު ސިތަރާމް ދިވެހިރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ކުރީގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާއެއް ނުކުރުައްވާ،" ދަ ނިއު އިންޑިއަން އެކްސްޕްރެސް އަށް މައުލޫމާތު ދިން މަސްދަރުން ބުނި ކަމަށް އެނޫހުގެ ހަބަރުގައި ވެއެވެ.