ހަބަރު

ހައްޔަރުގައި ތިބި މީހުންގެ ދިފާއުގައި ދުންޔާ އދގެ މަންދޫބުގެ އަރިހަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ހައްޔަރުކޮށްފައި ތިބި އެހެން ފަރާތްތަކާ ބެހޭ ކަންބޮޑުުންތައް ހިއްސާ ކުރުމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން އދ. ގެ ޔޫއެންޑީޕީ އާއި ޔޫއެންއެފްޕީއޭގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޝޯކޯ ނޯޑާއަ ހިއްސާކޮށްފި އެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ދިމާވެގެން އުޅޭ މައްސަލައާ ގުޅޭ ގޮތުން އދގެ އެހީތެރިކަމަށް ބަރޯސާވާ ކަމަށާއި އެގޮތުން ހައްޔަރުކޮށްފައި ހުރި ރައީސް މައުމޫން އާއި ހައްޔަރުގައި ތިބި އެހެން ފަރާތްތަކާ ބޭހޭ ކަންބޮޑުވުންތައް ޝޯކޯނޯޑާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

ދުންޔާ މީގެ ކުރިން ވަނީ އެ ކަންބޮޑުވުންތައް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. ރައީސް މައުމޫން ހައްޔަރު ކުރި ފަހުން އޭނާ އަންނަނީ އެފަދަ ކަންބޮވުންތައް ސޯޝަލް މީޑިއާގައި ވެސް ފާޅު ކުރަމުންނެވެ.