ހަބަރު

މަކުނުދޫ ބޭރުން މީހެއްގެ ހަށިގަނޑު ފެނިއްޖެ

ހދ. މަކުނުދޫ ބޭރުން ކަނޑުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ހަށިގަނޑު ފެނިފައި ވަނީ މަކުނުދޫ ފަޅުގެ ދެކުނުން ފަޅިން ހަ މޭލު ބޭރުންނެވެ. ހަށިގަނޑު ފެނިފައި ވަނީ އެ ރަށުގެ ކަންނެލި ދޯންޏަކަށެވެ. އަދި ހަށިގަނޑުގައި ލައިފް ޖެކެޓެއް ވެސް އަޅާފައި އޮތް ކަމަށްވެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ހދ. ކުޅުދުއްފުށީ ފުލުހުން މިހާރު އަންނަނީ އެ ހަށިގަނޑު ނަގާ މައްސަލަ ބަލަން ފަށައިފަ އެވެ.