ހަބަރު

މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފި

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ. ޒުވާނުންގެ ގުރޫޕަކުން މިރޭ މާރާމާރީ ހިންގާފައިވަނީ "ވޯންޓެޑް" ސަރަހައްދުގަ އެވެ.

ފުލުހުން ބުނީ މިރޭ 22:15 ހާއިރު ހިނގި އެ މާރާމާރީ ގައި 19 އަހަރުގެ ފިރިހެނަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި ފަރުވާއަށް އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ނުބުނެ އެވެ.

އައިޖީއެމްއެޗުން މިރޭ ބުނީ އެ ހޮސްޕިޓަލަށް ގެންދިޔަ ޒުވާނާ އަށް މާ ބޮޑު ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ބުނެފައެއް ނުވެ އެވެ.