ހަބަރު

ހިޔާ މަޝްރޫއުގެ 16 ޓަވަރެއްގެ ޝީޓް ޕައިލްކޮށް ނިމިއްޖެ

Mar 16, 2018
2

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ދިޔަވަހީގައި ގާއިމް ކުރާ 16 ޓަވަރެއްގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 16 ޓަވަރެއްގެ ޝީޓް ޕައިލިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް ނިމިފައިވަނީ ކަނޑައަޅާފައިވާ މުއްދަތައްވުރެ ކުރިން ކަމަށް އެޗްޑީސީން ބުންޏެވެ. ހިޔާ މަޝްރޫއުގެ ދަށުން 7000 ހައުސިން ޔުނިޓް އަޅައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ވަނީ ޓަވަރު އަޅަން އިއުލާން ކޮށްފައެވެ. އެގޮތުން އަމަލީ މަސައްކަތް ފަށާފައިވާ ކުންފުނި ތަކަކީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ އެސްޓީއޯއާ ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިންނެވެ.

ހިޔާ މަޝްރޫއަކީ އެއްލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުުގެ ގޮތުން ސަރުކާރުން ފައްޓާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތަކާއި ބޭރުގެ ބައެއް ކުންފުނިތައް ހިމެނޭ ގޮތަށް 36 ޓަވަރު އަޅަ އެވެ. ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ.