އެޗްޑީސީ

ބައެއް ޓަވަރުތަކަށް ފެން ކެނޑިއްޖެ

ހިޔާ ފްލެޓްތަކަށް ފެން ފޯރުކޯށްދޭ ޕަންފެއް އޯވާހީޓްވެ ބައެއް ޓަވަރުތަކަށް ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެޗްޑީސީން ބުނީ ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ ޓަރު 9 އިން 16 އަށް ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެނުގެ ހިދުމަތް އެ ޓަވަރުތަކަށް ދިނުމަށް މަސައްކަތް ކުރަމުންދާއިރު 18 ވަނަ ފްލޯއިން މަތީގެ އެޕާޓްމަންޓްތަކަށް ފެނުގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތްދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭރުގައި ފެން ދެމުން ގެންދިޔައީ އެކި ޓަވަރުތަކަށް އެކި ވަގުތުތަކުގަ އެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުންއެމްޑަބްލިއުއެސްސީން ވަނީ ހުރިހާ ގަޑިތަކުގައި 16 ޓަވަރަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފަ އެވެ.

ހިޔާ ފްލެޓްތަކުގައި އޯގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެމުންދާއިރު 1،000 ފްލެޓަށް ވުރެ ގިނަ ފްލެޓްގައި މިހާރު މީހުން ދިރިއުޅެ އެވެ.