އެޗްޑީސީ

ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު ފިހާރައެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އިތުރު ފިހާރައެއް ހުޅުވައިފި އެވެ.

ހިޔާ ފްލެޓްތަކުގެ ތެރެއިން 16 ވަނަ ޓަވަރުގެ ތިރީގައި ފިހާރަ ހުޅުވާފައިވަނީ "އޮލިވް ޓްރީ"ގެ ނަމުގަ އެވެ.

މި ފިހާރައިން ދުވަހުން ދުވަހަށް ބޭނުންވާ ޒަރޫރީ މުދާ ލިބެން ހުރެ އެވެ. މި ފަހާރައާއި އެކު ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މުދާ ގަތުމަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވެސް އޮލިވް ޓްރީން އަންނަނީ ކާބޯތަކެތި ވިއްކާ ފިހާރައެއް ހިންގަމުންނެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ފުރަތަމަ ހުޅުވި ފިހާރަ ހުންނަނީ 12 ވަނަ ޓަވަރުގަ އެވެ. އަދި ދެވަނަ ފިޔަވަހީގައި ފުރަތަމަ ފަހަރަށް ސެލޫނެއް ވެސް މިހާރު ވަނީ ހުޅުވާފަ އެވެ.

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯތައް ހާއްސަކޮށްފައިވަނީ އަސާސީ ހިދުމަތްތައް ދޭ ތަންތަނަށް ކުއްޔަށް ދިނުމަށެވެ. އެގޮތުން ފާމަސީ، ސެލޫން، ފިހާރަ ފަދަ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ. އެކަމަކު އޭގެ އެއްވެސް ހިދުމަތެއް އަދި ފެށިފައެއް ނުވެ އެވެ.