ވެމްކޯ

"ހިޔާ ފްލެޓުން ކުނި ބިލް ކުރާނީ ޖެނުއަރީން ފެށިގެން"

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތައް ފައިސާ ދައްކަން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެމްޕީއެލްއިން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޯށްފައިވާ ހިޔާ ފްލެޓުން ކުނި ނެގުމަށް އެދި ރަޖިސްޓްރޭޝަން ފޯމުގައި ހިދުމަތަށް ބިލްކުރަން ފަށާނެ ތާރީހަކަށް ކުރިން ކަނޑައެޅީ މިމަހުގެ އެކެއް ކަމަށެވެ.

ނަމަވެސް، ހިޔާ ފްލެޓައް އާބާދުވަމުންދާ މިންވަރަށް ބަލައި، އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެކޯޕަރޭޝަނުން ބިލް ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުވަރީ އެކަކުން ފެށިގެން ކަމަށެވެ.

ހިޔާ ފްލެޓުތަކުން ވެމްކޯއިން ކުނި ނަގަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ. ފްލެޓްތަކުން ކުނި ނަގާނީ ކޮންމެ ފްލެޓެއްގެ ތިރީގައި ވެމްކޯއިން ބަހައްޓާފައިވާ ބޮޑެތި ޑަސްބިންތަކުން ނެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެޕާޓްމެންޓްތަކަށް އަރައިގެން ކުނި ނަގަން ވެމްކޯއިން ވަނީ ފަށާފަ އެވެ. ހުޅުމާލޭގައި ވެމްކޯއިން ކުނި ނަގާ ގަޑިއަކީ އިރުއޮއްސި 6:00 ކުން ރޭގަނޑު 11:30 އަށެވެ.