އެމްއެންޑީއެފް

ހިޔާގެ އަލިފާން ނިވާ ނިޒާމްތައް ބަލަނީ

ހުޅުމާލޭގެ ހިޔާ ޕްލެޓްތަކުގައި އަލިފާން ނިއްވާ ނިޒާމްތައް ބަލައި ފާސް ކުރުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފި އެވެ.

އެޗްޑީސީން ބުނެފައި ވަނީ ހިޔާ ފުލެޓުގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމްތަކާއި ނިއްވަން ގެންގުޅޭ އާލާތްތައް ބަލައި ފާސް ކުރުމުގެ މަސައްކަތްތައް އެމްއެންޑީއެފްއިން ފަށަން ނިންމާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ފާސްކުރާނީ H1 ފްލެޓްތައް ކަމަށެވެ. އެ މަސައްކަތް ފަށާނީ މާދަމާ އެވެ.

ކޮންމެ ފްލެޓެއްގެ ފްލޯ ފާސް ކުރާނީ ހަ ދަންފަޅިއަކަށް ބަހައިލައިގެނެވެ.