މުހައްމަދު ހުސައިން ޝަރީފު

ޓެރަރިޒަމާ ދެކޮޅަށް ރާއްޖެކުރާ މަސައްކަތް ދުނިޔެ ބަލައިގަނޭ: މުންދު

Mar 20, 2018
2

ދީނީގޮތުން ހައްދުފަހަނަ އަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތް ދުނިޔެއިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށް ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ކޮލަމްބޯގައި ނިއުސް ބްރީފިންއެއް ބާއްވައި މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ރާއްޖެއިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާއިރު އެކަން ބައިނަލްއަގުވާމީ މުޖުތަމައު ވެސް ބަލައިގެންފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ އެހެން އޮތް ނަމަވެސް ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެ މަސައްކަތާ ދެކޮޅަށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ކަމަށެވެ.

"ރާއްޖެއަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ކިއްލާއެއްކަމަށް ބުނެ ދޮގު ފަތުރަނީ އެފަދަ ވާހަކަތައް އަޑު އަހަން ބޭނުންވާ ވަކި ބަޔަކު ރުއްސަން،" މުންދުން ވިދާޅުވި އެވެ.