ވިޔަފާރި

ކުންމިން ފެއާގައި މި އަހަރު ރާއްޖެއަށް 16 ޖާގަ

ދެކުނު އޭޝިޔާގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި ފެއާ ކަމަށްވާ "ކުންމިން" އިން މި އަހަރު ރާއްޖެއަށް 16 ޖާގަ ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ އެކްސްޕޯ ކޯޑިނޭޓަރު އުސްމާން ޝާކިރު ވިދާޅުވީ މި އަހަރުގެ ކުންމިން ފެއާގައި ބައިވެރިވާން އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެން ވީހާ ވެސް ގިނަ ވިޔަފާރި ތަކަކުން ފެއާގައި ބައިވެރިވާން،" އުސްމާން ވިދާޅުވި އެވެ.

ކުންމިން ފެއާ މި އަހަރު އޮތީ ޖޫން 14- 20 އަށެވެ. ޗައިނާގެ ބެއިޖިންގައި އޮންނަ މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އޭޝިއާގެ އެންމެ ބޮޑު ފެއާގައި ރާއްޖޭން މީގެ ތިން އަހަރު ކުރިން ފެށިގެން ރާއްޖޭން ފުޅާކޮށް ބައިވެރިވެ އެވެ. އަދި މި ފެއާގައި ދިވެހިން ވިޔަފާރިތަކުން ގިނަ ތަކެތި ވިއްކަ އެވެ.