ވިޔަފާރި

ޕިއްޒާ ބޯނާ ހެޕީއަވާ: ޕިއްޒާގެ އަގު މާ ބޮޑަށް ހެޔޮވާނެ

Apr 2, 2018
1

ޕިއްޒާބޯނާގެ އެންމެ ބޮޑު ތަފާތަކީ ރަހަ މީރުވުމެވެ. ގިނަ ބަޔަކު މި ތަނުން ޕިއްޒާ ގަންނަނީ ވެސް އެހެންވެ އެވެ. އަނެއް ތަފާތަކީ ޕިއްޒާބޯނާ އިން ދޭތެރެދޭތެރެ އިން އަޅުވާ ޕްރޮމޯޝަން ތަކެވެ. މި ފަހަރު ވެސް އަނެއްކާ މިވަނީ އެ ފަދަ ޕްރޮމޯޝަނެއް އަޅުވާފަ އެވެ. ޕިއްޒާބޯނާ އިން މި ވަނީ މިގޮތަށް އެޅުވި "އެޕީއަވާ" ގައި ސްކޮއާ ޕިއްޒާގެ އަގުތައް ހެޔޮކޮށްލާފަ އެވެ.

"ޕިއްޒާބޯނާ" ހެޕީއަވާގައި ސްކޮއޭ ޕިއްޒާއެއް އެންމެ 99ރ. އަށް މިހާރު ލިބޭނެ އެވެ. ހެޕީއަވާއަކީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. މި ގަޑީގައި ޕިއްޒާބޯނާ އަށް ގުޅައި ޕިއްޒާ އަށް އޯޑަރު ދިނުމުގެ އަގުހެޔޮކޮށް ލިބޭނެ އެވެ. މިގޮތުން 16 ފޮތި ހިމެނޭ ސްކޮއޭ ޕިއްޒާއަކާއެކު ކޮކާކޯލާ އިން ނެރެފައިވާ މިނިޓްމެއިޓް ޖޫސް ފުޅިއެއް ވެސް ލިބޭނެ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ވުޖޫދަށް އައި ޕިއްޒާ ބޯނާއިން ދާދިފަހުން ވަނީ މަޖީދީމަގު، ހ. އިރުވައި ގައި ތަނެއް ހުޅުވާފަ އެވެ. ޕިއްޒާ ބޯނާ އިން "ސްކެއާ ޕިއްޒާ" އެއް ވެސް ތައްޔާރު ކުރެ އެވެ. ޕާޓީތަކަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މީގެ ޕިއްޒާއެއްގައި 16 ފޮތި ހުރެ އެވެ. އަދި ޕިއްޒާއާއެކު ހިލޭ 500 އެމްއެލްގެ ކޯކު ފުޅިއެއް ވެސް ލިބެ އެވެ. ޕިއްޒާ އާއި ސަމްބެރިންނަށް އޯޑަރު ދިނުމަށް ގުޅާނީ، ނަމްބަރު 3009779 އަށެވެ.