ވިޔަފާރި

އެލައިޑްގެ އެމްޑީ، އެޖެންޓާއެކު މަހަށް!

Apr 8, 2018
2

މޯލްޑިވިއަން އައިޑޮލްގައި މިހާރު ދައްކަމުން އަންނަ އެލައިޑްގެ އިޝްތިހާރުތަކުގައި މާގިނަ އަދަދަކަށް ފައިސާތަކެއް ބަޔަކަށް ލިބިގެން އުޅޭތީ އެކަމާ އެންމެން ވެސް އުޅެނީ ކަންބޮޑުވެގެން އެވެ. ތަފާތު މަސައްކަތްތަކުގައި އުޅޭ މީހުންނަށް ނަގުދު ފައިސާ ލިބެނީ އެހާމެ ގިނައިން އެވެ. ވެގެން މި އުޅެނީ ކީއް ހެއްޔެވެ؟ ވެގެން އުޅޭ ގޮތެއް ނޭނގެ އެވެ. އެހެންވެ ބަލަން އޮތީ އެވެ. މިހެން އޮއްވައި ދެން ފެންނަނީ އެލައިޑުގެ ކަސްޓަމާ ސާވިސަސް އެޖެންޓާ "ނަހޫ" އާއެކު އެލައިޑު ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ، މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް މަހަށް ގޮސް އުޅުއްވާ ތަނެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ އެމްޑީ މަހަށް ގޮސް އަނެއްކާ މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ޝައުގުވެރިކަން ވީ އިތުރެވެ.

އެހެންވެ، އެލައިޑުގެ ބާކީ ހުރި އިޝްތިހާރުތައް ބަލަން ނުނިދާ ހަމަ އޮތީ އެވެ. އެވީޑިއޯއިން ފެންނައިރު އެޖެންޓާއި އަމީލުގެ އަތުގައި ވެސް ދޮއްޓެއް އޮވެ އެވެ. ދެން، އެޖެންޓު ކުރަނީ ސުވާލެކެވެ.

"ވަރަށް ގިނަ މީހުންނަށް ލާރި ލިބިގެން އުޅެނީ އެވެ؟ މި ކިހިނެއްވާ ކަމެއް ހެއްޔެވެ؟" މިއީ އެ ސުވާލުގެ ޖަވާބު ލިބޭ ހިސާބެވެ.

ވެގެން އުޅޭ ގޮތް އެނގެން ފެށީ އަދި ކިރިއާ އެވެ. ރާއްޖޭގެ އެންމެ ގިނަ މީހުން ލައިފް އިންޝުއަރެންސް ނަގާފައިވާ "އެލައިޑް ލައިފް އިންޝުއަރެންސް" ކަސްޓަމަރުންނަށް ފައިސާ ލިބިގެން އުޅެނީ އެވެ. މީ ހިދުމަތް ހޯދުމުން ލިބޭނެ ފައިދާއަކީ މި އެވެ. އެކަމަކު މައްސަލައަކީ އެލައިޑް ލައިފް އިންޝުއަރެންސް ގިނަ ބަޔަކަށް ނޭނގުމެވެ.

އެ ހިސާބުން ލައިފް އިންޝުއަރެންސް މީހުންނަށް ކިޔައިދޭނެ މޮޅު ގޮތެއް ހޯދުމުގެ މަސައްކަތް އެމްޑީ ހަވާލު ކުރަނީ އެޖެންޓާ އެވެ. އެމްޑީގެ މި އެދިލެއްވުމާއެކު އެޖެންޓު ވިސްނަން ފަށަ އެވެ. މީގެ ކުރިންވެސް އެޖެންޓު ވަނީ މި ފަދަ ގިނަ ކަންތައްތަކަށް މޮޅެތި
ހިޔާލުތައް ގެނެސްދީފަ އެވެ.

އެލައިޑްގެ އެމްޑީ އަމީލު ބައިވެރިވާ އިޝްތިހާރު

މިއީ ރާއްޖޭގެ މިފަދަ ބޮޑު ކުންފުންޏެއްގެ އިޝްތިހާރެއްގައި އެންމެ އިސްވެރިއަކު ހަރަކާތްތެރިވިތަން ފެނުނުނު ފުރަތަމަ ފަހަރެވެ. މި މަންޒަރު ރާއްޖެ އަކުން ނުފެނެ އެވެ.

އެލައިޑު ލައިފް އިންޝުއަރެންސަކީ އާއިލާ އާއި ވަކި ވަކި ފަރުދުން އަދި ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ. އަދި އެ ކުންފުނިން ދާދިފަހުން ވަނީ އެކުންފުނީގެ ހެލްތް އިންޝުއަރަންސް ޚިދުމަތަށްވެސް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފަ އެވެ. އެގޮތުން ހެލްތް އިންޝުއަރެންސް ކްލެއިމް ކުރަން "މައި އެލައިޑް ޕޯޓަލް" ގެ ނަމުގައި ވަނީ ވެބް އެޕްލިކޭޝަނެއް ގެނެސްދީފަ އެވެ. މި ބަދަލާއެކު ޑޮކްޓަރަށް ދެއްކުމަށް ފަހު ބަދަލު ހޯދަން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އަސްލު އެ ކުންފުނީގެ އޮފީހަށް ގެނައުމުގެ ބަދަލުގައި ފޮޓޯއެއް ނެގުމަށް ފަހު މި އެޕްލިކޭޝަންއަށް ލުމުން ނިމުނީ އެވެ.

ކޮންމެއަކަސް، ލައިފް އިންޝުއަރެންސަކީ ރައްކާތެރިކަމަށް މުހިންމު ޕްލޭން އެކެވެ. ދިވެހިރައްޔިތުންނާ ގުޅިފައިވާ މި މުހިންމު ހިދުމަތް އިޝްތިހާރު ކުރަން މި ނުކުންނެވީ އެލައިޑުގެ އެމްޑީ އަހުމަދު އަމީލް އެންމެ ކުރީ ސަފުގައި ހުންނަވައިގެންނެވެ. ދެން އޮތީ އެލައިޑްގެ އިޝްތިހާރުތަކުން ފެންނަ ނަހޫގެ މޮޅުކަމެކެވެ. ޔަގީނުން ވެސް އޭނާއަކީ ކުޅަދާނަ ތަރިއަކަށް މިހާރު ވެއްޖެ އެވެ.