އެލައިޑް އިންޝުއަރެންސް

މެރިން އެކްސްޕޯގެ އިންޝުއަރަންސް ޕާޓްނަރަކަށް މިއަހަރުވެސް އެލައިޑް އިންޝުއަރަންސް

Mar 9, 2023

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމުކުރާ މޯލްޑިވްސް މެރިން އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތާއި ކަނޑާ ގުޅުންހުރި ހިދުމަތްތައް ދޭ ފަރާތްތައް އެއްތަންކޮށްދޭ އެންމެ ބޮޑު އެކްސްޕޯއެވެ. ރާއްޖެއަކީ 99 ޕަސަންޓު ކަނޑު އޮންނަ ގައުމެއް ކަމުން, މިއީ ކަނޑު އުޅަނދު ގެންގުޅޭ ފަރާތްތަކާއި ކަނޑާއި މޫދުކުޅިވަރާއި މަސްވެރިކަމާ ވެސް ގުޅުންހުރި ފަރާތްތަކުން ޒިޔާރަތްކުރަން ވަރަށް މުހިންމު ފެއާއެކެވެ. ގުޅުންހުރި އެކި ހިދުމަތްތަކާއި އެ ހިދުމަތްތައް ދިނުމުގައި ތައާރަފުކޮށް ގެންގުޅޭ އެންމެ ފަހުގެ އީޖާދުތަކުގެ މައުލޫމާތު ހޯދައި, އެތަކެއްޗާ އަހުލުވެރިވުމަކީ މުހިންމު ކަމެކެވެ.

ބޯޓިން އިންޑަސްޓްރީގެ ބައިވެރިއެއްގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސުން މެރިން އެކްސްޕޯގައި މި އަހަރު ވެސް ބައިވެރިވަނީ އުޅަނދެއް ދުއްވަން ފެށުމުގެ ކުރިން ހޯދަންޖެހޭ މުހިންމު ތަޅުދަނޑިއަކާ އެކުގައެވެ—އެއީ މެރިން ހަލް އިންޝުއަރަންސެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ތަޖުރިބާހުރި އިންޝުއަރަންސް ޕްރޮވައިޑަރުގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސަކީ ބޯޓިން އިންޑަސްޓްރީގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އިންޝުއަރަންސް ޕާޓްނަރެވެ.

އެލައިޑްގެ މެރިން ހަލް އިންޝުއަރަންސްގެ ދަށުން ކަނޑުމަތީގެ ހާދިސާއަކުން އުޅަނދު މުޅިން ހަލާކުވުމުން ބަދަލު ލިބޭ "ޓޯޓަލް ލޮސް އޮންލީ" ޕޮލިސީއާއި, އުޅަނދު މުޅިން ހަލާކު ނުވިޔަސް ގެއްލުމެއް ލިބިއްޖެނަމަ އެކަމަށް ބަދަލު ލިބޭ "ފުލް ކަވަރ" ޕޮލިސީ ލިބެން ހުރެއެވެ. އުޅަނދު ފަރަށް އެރުން ފަދަ ހާދިސާއެއް މެދުވެރިވެއްޖެނަމަ އުޅަނދު ސަލާމަތްކުރަން ނުވަތަ ސެލްވޭޖުކުރުމަށް ދާ ހަރަދުތަކަކީ މި ދެ ޕޮލިސީއިން ވެސް ކަވަރުކޮށްދޭ ހަރަދުތަކެކެވެ.

އާ ޓެކްނޮލޮޖީއާއި ފަސޭހަތަކަށް ދުނިޔެ ހޭނެމުން ދާ އިރު, އެލައިޑްގެ ހިދުމަތްތައް ވެސް މިވަނީ އިނގިލިކުރިން ހޯދާލެވޭހާ ގާތުގައެވެ. އުޅަނދަށް މެރިން ހަލް އިންޝުއަރަންސް ޕޮލިސީއެއް ނެގުމަށް ދައްކަންޖެހޭ ޕްރީމިއަމްގެ އަންދާޒާއެއް ހޯދާލުމަށްޓަކައި "މައި އެލައިޑް" ޕޯޓަލްގައިވާ "ސްމާޓް ކުއޯޓް" ފީޗާގެ ބޭނުންކުރެވޭނެއެވެ.

އެލައިޑްގެ މެރިން ހަލް އިންޝުއަރަންސް ނެގުމުން ލިބޭނެ ފައިދާއާއި ރައްކާތެރިކަމާއި އަދި އެހެނިހެން ވެސް މުހިންމު މައުލޫމާތުތައް, މެރިން އެކްސްޕޯގައި ހުންނަ އެލައިޑް އިންޝުއަރަންސްގެ ސްޓޯލުން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި، 15 އިން 18 މާރޗްއަށެވެ. އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކުރާ ވިޒިޓަރުންގެ މެދުގައި މިއަހަރުވެސް ހާއްސަ ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.