އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ އާއިލީ ހަވީރު "އެލައިޑް ފެސްޓް"ގެ ތިންވަނަ އަދަދު، 13 ސެޕްޓެމްބަރުވާ ހުކުރު ދުވަހު ހަވީރު 4-6 އަށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމުތަކާއިއެކު ކުރިއަށް ގެންދާ މިހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލި ފުރުސަތުގެ ތެރެއިން؛ ނޫނި ބޭކްސް، ބޭކިން ރޫމް އަދި ޑޯނަޓް ފެކްޓްރީ މިއިވެންޓުގެ ވެންޑާސްގެ ގޮތުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެލައިޑުން މައުލޫމާތުދޭ ގޮތުގައި "އެލައިޑް ފެސްޓް"އަކީ އާއިލާތަކަށް ހާއްސަކޮށްގެންގެން ކުރިއަށް ގެންދާ އިވެންޓެއް ކަމުން އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ އިންޝުއަރެންސް ޕްލޭންތަކާއި ތަކާފުލް ޕްލޭންތަކާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކޯޓޭޝަން ނެގުންވެސް ކުރިއަށްދާނެ އެވެ. ހަމައެއާއިއެކު މިހާރު ކުރިއަށްދާ "އެލައިޑް ލައިފް ޕްރޮމޯޝަން"ގައި ބައިވެރިވުމުގެ ފުރުސަތުވެސް އިވެންޓް މެދުވެރިކޮށް ލިބޭނެ ކަމުގައި އެލައިޑުން ބުނެ އެވެ.
އެލައިޑް ލައިފް ޕްރޮމޯޝަނަކީ ލައިފް އިންޝުއަރެންސް ޕްލޭނެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމް އިން 50 ޕަސަންޓްގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ.
މިޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެލައިޑުން އިރުޝާދު ދެއެވެ. ނުވަތަ އެލައިޑް ވެބްސައިޓްގެ ލައިވް ޗެޓް ހިދުމަތް ހޯދޭނެ ކަމަށްވެސް އެލައިޑުން ފާހަގަކުރެ އެވެ.