އެލައިޑް އިންޝުއަރެންސް

ރޯދަ ޕްރޮމޯޝަނާއި އެކު އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި

Mar 24, 2023

އެއްގަމު އުޅަނދުފަހަރަށް ހާއްސަ މޮޓޯ އިންޝުއަރަންސަކީ މަގުމަތީގައި ކުރިމަތިވާ ހާލަތެއްގެ ސަބަބުން އުޅަނދަށާއި އޭގެ ވެރި ފަރާތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި؛ އެލައިޑު އިންޝުއަރަންސަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި މޮޓޯ އިންޝުއަރަންސްގެ ދެ ހިދުމަތެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ ސަރުކާރުން ލާޒިމްކުރާ "ތާޑް ޕާޓީ މޮޓޯ" އަދި "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭނެވެ.

ތާޑް ޕާޓީ މޮޓޯ ޕްލޭނަކީ އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން ކަވަރުކުރާ އޮންލައިންކޮށްވެސް ނެގޭ ޕްލޭނެކެވެ. މިއާއި ހިލާފަށް، ފުލް ކަވަރޭޖް (އަމިއްލަ ނަފްސާއި ވެހިކަލް އަދި ތިންވަނަ ފަރާތާއި ވެހިކަލް) ހިމެނޭ "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭން ފޯރުކޮށްދެމުން އައީ އެލައިޑުގެ ހިދުމަތް ފޯރުކޮށްދޭ އޮފީސްތަކުންނާއި ކައުންޓަރުތަކުންނެވެ. އެހެންނަމަވެސް، މިއަހަރުގެ ރޯދަ ޕްރޮމޯޝަނާއި އެކު ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތްވެސް ޑިޖިޓަލައިޒް ކުރެވި "މައި އެލައިޑް" ޕޯޓަލްއިން އޮންލައިކޮށް ނެގޭނެ އިންތިޒާމް މިވަނީ ހަމަޖައްސާފަ އެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ މިޕްރޮމޯޝަންގެ ތެރެއިން "މޮޓޯ ކޮމްޕްރިހެންސިވް" ޕްލޭން ނަންގަވާ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެލައިޑް އިންޝުއަރަންސުން މައުލޫމާތުދޭ ގޮތުގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އޮންލައިން ކުރުމުގެ ފަހަތުގައިވަނީ، އެކުންފުނީގެ އެއް އަސާސްކަމުގައިވާ "ކަސްޓަމަރ ސެންޓްރިސިޓީ" އަށް އަހައްމިއްޔަތުކަން ދޭ މިންވަރެވެ. އެގޮތުން ކަސްޓަމަރުން އިންޝުއަރަންސްގެ ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުޝަންސް ފޯރުކޮށްދިނުމަކީ އެކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ.

އެލައިޑް އޮންލައިން ޕޯޓަލް "މައި އެލައިޑުން" މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ތައާރަފުކުރުމުގެ ގޮތުން، ޕްލޭން ވަގުތުން ނެގޭނެ އިންތިޒާމް މިވަގުތު ހަމަޖައްސާފައިވަނީ 40،000 – 100،000 ރުފިޔާއާއި ދެމެދުގެ އަގުތަކުގައި ބައްލަވައިގަނެ، ބޭނުންކުރަމުންދާތާ ފަސް އަހަރު ނުވާ ސައިކަލުތަކަށެވެ. އެހެނިހެން އުޅަނދުތަކަށް އޮންލައިންކޮށް ކޮމްޕްރިހެންސިވް ޕްލޭން ނެގުން ހަމަޖެހިފައިވަނީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަކުރެއްވުމުން، އެލައިޑުން އެޕްލިކޭޝަންގެ ސައްހަކަން ވެރިފައި ކުރުމަށްފަހު ފޮނުވާލާ ޕޭމަންޓް ލިންކްގެ ތެރެއިން ފައިސާ ދެއްކުމުންނެވެ.

މިއީ ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތްކުރުމާއި އެކު ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަސޭހަ މަގެކެވެ. އެގޮތުން އެލައިޑް އިންޝުއަރަންސާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ' އަޔާދީ ތަކާފުލްއިންވެސް ހިދުމަތް ހޯއްދެވޭނެކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ. އަދި މިހިދުމަތް އޮންލައިންކޮށް ހޯދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއް ކަމަކީ، ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނަގާ، ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުން ކަމުގައި އެލައިޑުން ފާހަގަކުރެއެވެ. މިހިދުމަތް ހޯދުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެލައިޑްގެ ހޮޓްލައިން 1600އަށް ގުޅުއްވުމަށް އެލައިޑުން އިލްތިމާސްކުރެ އެވެ.