ރައީސް މުހައްމަދު ނަޝީދު

ބޮޑެތި ބާރުތައް ރާއްޖެއާ ބެހެން ނަޝީދު ގޮވާލައިފި

ބޮޑެތި ބާރުތަކުން ގައުމުތަކުގެ ކަންތައްތަކަށް ވަންނަ އިރު ބަލަނީ ދެން ވާނީ ކޮންކަމެއްތޯ ކަމަށާއި ރާއްޖޭގެ ކަންކަމަށް ވަރުގަަދައަށް ވަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަންތަކަށް ބޭރުގެ ފަރާތްތަކުން ވަނުމަށް ރައީސް ނަޝީދު މިފަހަރު ވެސް ގޮވައިލެއްވީ ސޯޝަލް މީޑިއާ، ޓްވިޓާގަ އެވެ. އެގޮތުން ކުރެއްވި ޓްވީޓެއްގައި ރާއްޖޭގެ ކަން ކަމަށް ވަދެއްޖެ ނަމަ ވާނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ބައެއް ކަންތައްތައް ވެސް ފާހަގަކުރައްވާފައި ވެއެވެ.

"ދެން ޖެހިގެން އޮންނާނީ މިނިވަން އިންސާފުވެެރި އިންތިހާބެއް އަދި މިނިވަން މުއައްސަސާތައް ވަރުގަދަކުރާނެ މެކޭނިޒަމެއް އަދި ގާނޫނު އަސާސީން ލިބދޭ ހައްގުތައް ހިމާޔަތް ކުރުން. ވަރުގަދަ އިންޓަވެންޝަަނަކަށް އަޅުގަނޑުމެން ބޭނުންވޭ،" އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

އެކެއް ފެބުރުއަރީ އަމުރަށް ފަހު ނަޝީދު ގެންދަވަނީ ރާއްޖޭގެ ކަންތަކަށް ބޭރުގެ ފަރާތްތަކުން ވަނުމަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ. އެގޮތުން ފުރަތަމަ ގޮވައިލެއްވީ އިންޑިއާއިން ރާއްޖޭގެ ކަންތަކަށް ވަނުމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ހިތްހަމަ .ނުޖެހުންތައް އައިސްފައި ވެއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ފެއްޓެވުމަށް ފަހު ނަޝީދު ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ފަރުވާއަށެވެ. ނަމަވެސް އޭގެ ފަހުން އެނބުރި ވަޑައެއް ނުގަންނަވައެވެ. އުޅުއްވަނީ އނގިރޭސިވިލާތާއި ސްރީލަންކާގަ އެވެ.