ރައީސް މުހައްމަދު ނަޝީދު

މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އިއްޔެ ފޮނުއްވި ސިޓީފުޅުގައި ވަނީ އެމަނިކުފާނު މިހާރު ހުންނެވީ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ފުރަތަމަ ސެކްރެޓެރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކެއް ކުރެއްވުމަށް ގާނާގައިކަން ފާހަގަކުރައްވާފަ އެވެ.

ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވީ މިއިން ކޮންމެ ކަމެއްގައި ރަސްމީކޮށް ކަންކަން ހިންގުމަށް ވަރަށް ވަގުތު ނަގާ ކަމަށެވެ.

އެ ގޮތުން މި މަސައްކަތާއި ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ކުރެވި މާޗް މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމަންޓް އިން ސީވީއެފް ސެކްރެޓޭރިއަޓް އާއި ބެހޭ ގަރާރު ފާސްކޮށްފައިވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން އެޕްރީލް 2024 އިން ފެށިގެން މި ދައުރުގައި ބާކީ އޮތް މުއްދަތަށް އަޅުގަނޑަށް ރައްޔިތުންގެ މަޖިލިސްގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ދަންނަވަމެވެ." ނަޝީދު ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކުން މި ވަގުތަށް ދުރަށްޖެހިވަޑައިގަންނަވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345