ރައީސް މުހައްމަދު ނަޝީދު

ޖެނުއަރީން ފެށިގެން މެންބަރުކަމުގެ މުސާރަ ނުނަގަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ ޖެނުއަރީ މަހުން ފެށިގެން ނުނަންގަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސްރީލަންކާގެ "ދަ މޯނިން" ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މަޖިލިސް މެންބަރުކަމުގައި ހުންނަވައިގެން ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ފުރަތަމަ ސެކްރެޓެރީ ޖެނެރަލްގެ ހައިސިއްޔަތުން ގާނާގައި މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން އެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސީވީއެފްގައި މަސައްކަތް ކުރައްވަން ފެއްޓެވީ ފެބްރުއަރީ މަހު ކަމަށާއި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ ޖެނުއަރީ މަހުން ފެށިގެން ނުނަންގަވާ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ދައުރުގައި ބާކީ އޮތް މުއްދަތުގައި މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ރައީސް ނަޝީދުގެ ސިޓީފުޅުގައި ވަނީ އެމަނިކުފާނު މިހާރު ހުންނެވީ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ފުރަތަމަ ސެކްރެޓެރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކެއް ކުރެއްވުމަށް ގާނާގައިކަން ފާހަގަކުރައްވާފަ އެވެ.

ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވީ މިއިން ކޮންމެ ކަމެއްގައި ރަސްމީކޮށް ކަންކަން ހިންގުމަށް ވަރަށް ވަގުތު ނަގާ ކަމަށެވެ.

އެ ގޮތުން މި މަސައްކަތާއި ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ކުރެވި މާޗް މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމަންޓް އިން ސީވީއެފް ސެކްރެޓޭރިއަޓް އާއި ބެހޭ ގަރާރު ފާސްކޮށްފައިވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން އެޕްރީލް 2024 އިން ފެށިގެން މި ދައުރުގައި ބާކީ އޮތް މުއްދަތަށް އަޅުގަނޑަށް ރައްޔިތުންގެ މަޖިލިސްގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ދަންނަވަމެވެ." ނަޝީދު ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކުން މި ވަގުތަށް ދުރަށްޖެހިވަޑައިގަންނަވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910