ހަބަރު

ރާއްޖޭގެ ކަނޑުން ފެނުނީ ހާލުގައި ޖެހިފައިވާ އީރާނުގެ ބޯޓެއް

Apr 12, 2018
2

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް މިއަދު ފެނިފައި ވަނީ ހާލުގައި ޖެހިފައިވާ އީރާނުގެ މަސްބޯޓެއް ކަމަށް ކޯސްޓްގާޑުން މިރޭ ބުނެފި އެވެ.

މިއަދު ހަވީރު ހއ. އުލިގަމުގެ 14 މޭލު ބޭރުން މަސްދޯންޏަކަށް ފެނުނު އެ މަސްބޯޓާ ބެހޭ ގޮތުން އެމްއެންޑީއެފް އިން ބުނީ އެ ރިޕޯޓާ ގުޅިގެން އެ ބޯޓް ކައިރިއަށް ސިފައިންގެ ކޯސްޓްގާޑުން ގޮސްބެލިއިރު، އެ ބޯޓަކީ އީރާނަށް ނިސްބަތްވާ މަސް ބޯޓެއް ކަމަށާއި އެ ބޯޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެވިފައި ވަނީ އޭގެ ހުންގާނު ހަލާކުވެ، ހާލުގައި ޖެހުމުގެ ސަބަބުން ކަމަށެވެ. ލަކުޑިން ބަދެފައިވާ 65 ފޫޓްގެ އެ ބޯޓްގައި އީރާނުގެ ހަ މީހަކު ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެ ބޯޓަށް އެހީވުމަށް ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުން އެވެ.

އެ ބޯޓް ފެނިފައި ވަނީ، އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ށ. ކޮމަންޑޫ، ކުރުމަސް ދޯންޏަށެވެ.