ވިޔަފާރި

އޭސް ހާޑްވެ އާއި ކަލަ ބޭންކުން "ރޯދަ ބަދަލު"!

އޭސްހާޑްވެއާ އާއި ކަލަ ބޭންކުން ރޯދަ މަހަށް ހާއްސަކޮށް، "ރޯދަ ބަދަލު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

ރޯދަ މަހަށް ހާއްސަކޮށް ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 15 އިން ޖޫން 15 އަށެވެ. މިއީ ކޮންމެ އަހަރަކު ވެސް އޭސްހާޑްވެއާ އަދި ކަލަ ބޭންކުން ބާއްވާ އަންމެ ވަރުގަދަ ޕްރޮމޯޝަން އެވެ. މި ޕްރޮމޯޝަން ކުރިއަށްދާއިރު ދާއިރު އޭސް ހާޑްވެއާ އަދި ކަލަ ބޭންކުން ރޯދަ އަށް ހާއްސަ ކޮށް 80 ޕަސެންޓާއި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޑިސްކައުންޓް ދެނީ މި ޕްރޮމޯޝަންގައި ގޭތެރެ ބަދަލުކޮށްލައި ހިތްގައިމު ކަމެއް ގެންނަން ބޭނުންވާ ސާމާނުގެ އަގު ހެޔޮކޮށްލާފައިވާތީ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާއިރު، ތަފާތު ކުދި ކުދި ޕޮރޮމޯޝަންތައް ވެސް އޮންނާނެ އެވެ. މިގޮތުން ސޯޝަލް މީޑިއާގައި ވެސް ހިގަމުން ދާނެ އެވެ. މި ޕްރޮމޯޝަން ތަކުގައި ބައިވެރިވާ މީހުންނަށް ވަރަށް ތަފާތު އަދި އަގުހުރި އިނާމް ލިބުމުގެ ފުރުސަތު ވަނީ ހުޅުވިގެންދާނެ އެވެ.
މީގެ އިތުރުން އޭސް ހާޑްވެއަ ނުވަތަ ކަލަ ބޭންކިން ކުރާ 300 ރުފިޔާ އަށް ވުރެ މަދުނޫން ކޮންމެ ވިޔަފާރިއަކުން ނަސީބު ގުރުއަތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. ނަސީބު ގުރުއަތުން ހޮވޭ ފަރާތަކަށް ލިބިގެންދާނީ 300،000 ރުފިޔާގެ ނަގުދު ފައިސާ އެވެ. މި ރަނުގެ ފުރުސަތަކީ އެއްވެސް ގޮތަކަށް ދޫކޮއްލާވަރުގެ ފުރުސަތެއް ނޫނެވެ!

މިދިޔަ އަހަރު ތަކުގައި ވެސް އޭސް ހާޑްވެއާ އަދި ކަލަ ބޭންކު ގުޅިގެން ވަނީ މި ފަދަ އަގުހުރި އިނާމްތަކާއިއެކު ޕްރޮމޯޝަންތައް ކުރި އަށް ގެންގޮސްފަ އެވެ. މި ގޮތުން "އެންމެ ސަޅި" ރޯދަ ސޭލްގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި މިދިޔަ ދެ އަހަރު ވެސް 300،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ. މި ފަދަ އަގުހުރި އިނާމްތައް ލިބޭ ޕްރޮމޯޝަންތައް ބޭއްވުމުގެ މަގްސަދަކީ އޭސް ހާޑްވެއާ އާއި ކަލާ ބެންކްގެ ހިދުމަތްތައް ބައްލަވައިގަންނަވާ އެންމެހާ ކަސްޓަމަރުންނަށް ޝުކުރު އަދާ ކޮށް އަދި އެ ބޭފުޅުން ދެއްވާ ތަރުހީބު ބަލައިގަތުމެވެ. އަދި އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް ހަމަ މި ފަދަ އަގުހުރި އިނާމްތަކާއި އެކު ތަފާތު ޕްރޮމޯޝަންތައް ބޭއްވުމެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބެންކް އަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިންގަމުންދާ ދެ ކުންފުންޏެވެ. މިގޮތުން ކަލަ ބެންކް އަކީ 1994 ގައި އިނގިރޭސިވިލާތުގެ 'ކްރައުން ޕެއިންޓްސް' އާއި އެކު ކުރެވުނު އެއްބަސްވުމެއްގެ ދަށުން އުފެދުނު ކުންފުންޏެކެވެ. މިއަދު ކަލަ ބެންކަކީ އަޒްކޯ ނޮބެލްގެ 'ސިކަންސް' ބްރޭންޑް އަދި ޖޯޓަންގެ މެރިން ޕެއިންޓްސް ފަދަ ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ޕެއިންޓް ބްރޭންޑްތައް ރާއްޖެއައް އެތެރެކުރަމުން ގެންދާ ހަމަ އެކަނި ކުންފުނިއެވެ. އަދި 2011 ގައި ރާއްޖޭގައި އުފެދުނު އޭސް ހާރޑްވެއާ އަކީ އޭސް އިންޓަނޭޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރަ އެވެ. މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާޑްވެއާރގެ ދެ ފިހާރައަކީ ވެސް ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާޑްވެއާ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް ރާއްޖެއަށް އެތެރެކުރާ މަގުބޫލް ކުންފުޏެކެވެ.