ސިއްހަތު

ރަނގަޅު ނާސްތާއަކަށް މުހިންމު ފަހެއް  

May 20, 2015

ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމެވެ.  ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހެނދުނު ކާ އެއްޗަކީ ސިއްހީ ގޮތުން ފައިދާހުރި އެއްޗަކަށް ހެދިއްޖެނަމަ ދުވަހުގެ މަސައްކަތްތައް ފަސޭހަވެގެންދާނެ އެވެ. މީހާގެ މޫޑަށާއި ހެލިފެލިވެ އުޅުމަށް ފާހަގަކުރެވޭ ވަރުގެ ހެޔޮ ބަދަލެއް އަންނާނެއެވެ.

އޯޓް މީލްގެ ހުރިޙާ ޕެކެޓެއްގައިހެން މިފަހަކަށް އައިސް ހިތެއް ކުރަހާފައި ހުންނަކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ އެއީ މިކެއުމުން ހަށިގަނޑުގެ ކޮލެސްޓްރޯލް ދަށްކޮށް، ހިތުގެ ސިއްޙަތަށް ލިބޭ ފައިދާ ފާހަގަކުރުމަށް ޖަހާފައިވާ ކުރެހުމެކެވެ. މިކަން ކުރަނީ އޯޓްމީލްގައި ހުންނަ ބީޓާ-ގްލޫކަން ނަމަކަށް ކިޔާ މައްދާއަކުންނެވެ. އިތުރު ސަބަބެއް ބޭނުން ހެއްޔެވެ؟ އޯޓްމީލްގައި އޮމެގާ-3 ފެޓީ އެސިޑްސް، ފޯލޭޓް އަދި ޕޮޓޭސިއަމް މަތީ މިންވަރަކަށް އެކުލެވެއެވެ.

އާދައިގެ ޔޯގަޓަކީވެސް ސިއްޙަތަށް ފައިދާހުރި، ހެނދުނުގެ ނާސްތާއަށް ވަރަށް ރަނގަޅު އެއްޗެކެވެ. ނަމަވެސް މިތަނުގައި ގްރީކް ޔޯގަޓް ފަހަގަކޮށްލަނީ މީގައި އެހެން ޔޯގަޓަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ޕްރޮޓީން ހިމެނޭތީއެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މުޅި ދުވަހު ބަނޑުހައިނުވެ ހުރުމެވެ. ހިކެން ބޭނުންވާ ކުދީންނަށް ރަނގަޅުޚަބަރެއް ނޫންހެއްޔެވެ؟ އެކަމަކު ގަންނައިރު ފެޓް މަދުން ހުންނަ ޕްލެއިން (އެހެން ރަހަތައް ލައްވާފައި ނުހުންނަ) ވައްތަރެއް ބަލާފައި ގަތުން ރަނގަޅެވެ.

ވީޓް ޖާމް އަކީ ބްރޭކްފާސްޓްގެ ގޮތުގައި ބޭނުންކުރާ އެހެން ސީރިއަލް ތަކަށް އެއްކޮށްލުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ސަބަބަކީ މީގައި ހިމެނޭ ވިޓަމިން-އީ އަދި ފޯލޭޓް ގެ މަތީ މިންވަރެވެ. މިއީ ޢައްމުކޮށް ކައި އުޅޭ އެއްޗެހީން ލިބުންމަދު ދެ މާއްދާއެކެވެ.

ގްރޭޕް ފުރުޓަކީ ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ. މިއީ ސަރުބީ ވިރުވައިދޭ އެއްޗެއްކަމަށް ދިރާސާތަކުން ހާމަވެފައިވާ މޭވާއެކެވެ. މީގެ އިތުރުން ލޭގައި ހިމެނޭ ހަކުރާއި އިންސިއުލިން ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ބަނޑުހައިކަމުން ދުރުކޮށްދިނުމާއި، ހަށިގަނޑުގައި ފެން ހިފަހައްޓައިދިނުން (ހައިޑްރޭޓިން) އަދި އެންޓި-އޮކްސިޑެންޓްސްގެ އެހީގައި ދިފާޢީ ބާރުގަދަކޮށްދިނުމަކީވެސް އަކީވެސް މިމޭވައިން ލިބިދޭ ފައިދާއެކެވެ.

މެންދުރުވުމުގެ ކުރީން ދެވަނަ ފަހަރަށް ކާހިތްވުމުން ދުރުކޮށްދިނުމަށް މިވަރުގެ އެއްޗެއް ނޯންނާނެއެވެ. ދޮންކޭލުގައި ( ވަކީން ޚާއްސަކޮށް، މުޅީން ފާ ނުވަ ދޮންކޭލުގައި) ހުންނަ ރެސިސްޓެންޓް ސްޓާޗް އަކީ ބަނޑު ފުރުމުގެ އިހުސާސްކޮށްދޭ އެއްޗެކެވެ. ދޮނކޭލުން ލިބޭ އަނެއް ފައިދާއަކީ އޭގައި ގިނަ ޢަދަކަށް ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން، ލޭގެ ޕްރެޝަރު މަތިވިޔަނުދީ ހިފަހައްޓައިދިނުމެވެ.

އަޖުމަބަލައިލުމަށް މިއިން ބާވަތެއް ހެނދުނުގެ ނާސްތާގައި ޢާއްމުކޮށް ބޭނުން ކުރަން ފެށުން ކިހިނެއްވާނެ ހެއްޔެވެ؟