ހަބަރު

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

Apr 24, 2018

ފުވައްމުލަކު ސިޓީގައި މިރޭ އެކްސިޑެންޓެއްގައި ހިނގައި އަންހެނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންބުނީ ފުވައްމުލަކު މަންހަޖުލް ހުދާ ސްކޫލް ކައިރީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 24 އަހަރުގެ އަންހެނަކަށް ކަމަށެވެ.

މިރޭ 20:45 އެހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި މިހާޜު ދަނީ ފަރުވާދެމުން ނެވެ. އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.