ހަބަރު

"އެއްލަކިން" 746 މީހަކަށް ލައިސެންސް ދީފި

އެއް ދުވަހުން ޑްރައިވިން ލައިސެންސް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ފެށި "އެއްލަކިން" ޕްރޮގްރާމުގެ ދަށުން 746 މީހަކަށް ލައިސެންސް ހަވާލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ޒުވާނުންގެ ޑްރައިވިން ލައިސެންސް ހަފްތާގައި މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ލައިސެންސް ނެގުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅި 1394 މީހުންނަށް ހިދުމަތް ދީފައިވާ ކަމަށާއި އޭގެ ތެރެއިން 746 މީހަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ހަވާލުކޮށްފައިވާ ކަމަށެވެ.

އެއްލަކިން ލައިސެންސް ލިބޭ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު އެ ޕްރޮގްރާމް އިތުރަށް ދިގު ދަންމާލުމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން ގާތްގަނޑަކަށް 6000 އަށް ވުރެ ގިނަ މީހުން އެކަމަށް ޝައުގުވެރިވެ، ކިއޫ ހަދާލާފައިވާ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ވެސް ލައިސެންސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.