ހަބަރު

އެއް ކުރާ މައުލޫމާތު ޕީޕީއެމް ކެމްޕެއިނަކަށް ބޭނުމެއް ނުކުރާނެ: ޓްރާންސްޕޯޓް

May 26, 2018
6
ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު --
0%
0%
0%

މިހާރު ކުރިޔަށް ގެންދާ "އެއްލަކިން" ލައިސެންސް ޕްރޮގްރާމަށް ދޭ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ މައުލޫމާތުތައް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންއަށް ބޭނުމެއް ނުކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ މިހެން ވިދާޅުވީ، ޑްރައިވިން ލައިސެންސް ނަގާ ފޯމުގައި ލައިސެންސް ހޯދަން ބޭނުންވާ މީހުންގެ ޓްވިޓާއާ، ވައިބާއާ، އިންސްޓަގްރާމްއާ، ވަޓްސްއެޕް އަދި ފޭސްބުކްގެ މައުލޫމާތުތައް ދޭން ހިމަނަން ޖެހޭތީ އެކަމަށް ފާޑު ކިޔުން އަަމާޒުވުމާ ގުޅިގެނެވެ.

އެކަމާ ގުޅިގެން "އަވަސް"އިން ސުވާލު ކުރުމުން އަބްދުﷲ ވިދާޅުވީ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ މައުލޫމާތުތައް ހޯދަން އެ ފޯމުގައި ހިމަނާފައި ވާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތަކާއި ޓްރެފިކްއާ ބެހޭ ތަފާތު މައުލޫމާތުތަކަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ފަރާތްތަކަށް މައުލޫމާތުތައް ހިއްސާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ މައުލޫމާތުތަކަކީ ޕީޕީއެމްގެ ކެމްޕެއިންއަކަށް ނުވަތަ އެފަދަ އެހެން ކަމަކަށް ވެސް ބޭނުން ކުރާނެ މައުލޫމާަތެއް ނޫން ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ ރައީސް ޔާމީންގެ ކެމްޕެއިންއަށް މީހުންގެ ސޯޝަލް މީޑިއާ މައުލޫމާތު ނުލިބިގެން ޓްރާންސްޕޯޓް މެދުވެރިކޮށް ހޯދަން ޖެހޭނެހެން، އެއީ ރައީސް ޔާަމީންއަށް ވޯޓު ދޭނީ ހަމައެކަނި ލައިސެންސް ނަގާ މީހުން އެކަންޏެއް ނޫން، އެ ނޫން ވެސް އެތަށް ބަޔަކު އުޅޭނެ، އަޅުގަނޑުމެން އެ މައުލޫމާތުތައް ހޯދަނީ ހަމައެކަނި ޓްރެފިކް އަދި ޓްރާންސްޕޯޓްއާ ބެހޭ ތަފާތު ކަންކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން،" އަބްދުﷲ ވިދާޅުވި އެވެ.

އެއް ދުވަހުން ލައިސެންސް ލިބޭ ޕްރޮގްރާމްގައި ބައިވެރިވުމަށް 6000 އަށް ވުރެ ގިނަ މީހުން ކިއޫ ހަދާލާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ. އަދި އެ އެންމެނަށް ފުރުސަތު ދިނުމަށްޓަކައި އެ ޕްރޮގްރާމް ބާއްވާ މުއްދަތު ވެސް އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345